logoEN
cocacola
ރާއްޖެއާއި ސަޢޫދީއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު ފަހުމާނާއެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސަޢޫދީއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މުހިންމު ފަހުމާނާއެއްގައި ސޮއިކޮށްފި

އަހުމަދު ޝުރާއު

logo

8/29/2024, 4:28:56 PM

# ޓްރާންސްޕޯޓް މިނިސްޓްރީ

--

ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި ގުޅުންހުރި ފަހުމުނާމާގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ސަޢޫދީ އަރަބިއްޔާގެ ރަތް ކަނޑުގެ ސަރަހައްދުގައި އޮންނަ އުމްލުޖް ސިޓީގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެވެ. އަދި ސަޢުދީ އަރަބިއްޔާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިސް އެކްސެލެންސީ ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ.

ރާއްޖެގެ ދަތުރުރުފަތުރާއި ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާއަކީ ދިވެހިރާއްޖެއާއި ސަޢޫދީ އަރަބިއްޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ސީޕްލޭން އޮޕަރޭޝަން އަދި ވޯޓަރ އެއަރޮޑްރޯމްއާއި ގުޅޭ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ ފަހުމުނާމާއެއް ކަމަށެވެ. އަދި އޭވިއޭޝަންގެ ސަބަބުން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައި ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

View post on Twitter

މިއަދުގެ ރަސްމިއްޔާތުގައި ސަޢުދީ އަރަބިއްޔާގެ ގެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަންގެ ރައީސް ހިސް އެކްސެލެންސީ އަބްދުލް އަޒީޒް އަލް ދުޢައިލެޖް އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސްވެރިންނާއި، ސަޢުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ