ތޫފާން ޝަންޝާންއާއި އެކު، ޖަޕާނުން ކުއްލި އިންޒާރު ނެރެފި
އަހުމަދު ޝުރާއު
8/28/2024, 2:41:31 PM
--
ޖަޕާނުގެ ހުޅަނގު ހުޅަނގަށް ބާރުގަދަ ތޫފާނެއް ކައިރިވަރމުންދާނީ އެގައުމުގައި ކުއްލި އިންޒާރު ނެރެފި އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭއެމްއޭ) އިން ބުދަ ދުވަހު ލަފާކޮށްފައިވާ ގޮތުގައި ތޫފާން ޝަންޝާން އޮތީ އެގައުމުގެ ޔަކުޝީމާ އައިލެންޑާ 70 ކިލޯމީޓަރު ދުރުގައި އެވެ. އަދި އެ ތޫފާން ދަތުރުކުރަމުން ދަނީ ހުޅަނގު ދެކުނު ކިއުޝޫ އައިލެންޑްގެ ކަގޯޝިމާ އާއި މިއާޒާކީ ޕްރިފެކްޗާތަކާ ދިމާލަށް ކަމަށްވެސް ޖޭއެމްއޭއިން ބުނެއެވެ.
އެގައުމުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބުރާސްފަތި ދުވަހު ޝަންޝަންގެ ބާރު ވ ވަރުގަދަވެ ތޫފާން ދެކުނު ކިއުޝޫއަށް އަރާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 250 ކިލޯމީޓަރު (155 ކިލޯމީޓަރު) ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ މި ތޫފާނުގެ ސަބަބުން ކުރިން ތަޖުރިބާކުރި ތޫފާންތަކަށް ވުރެ "ގަދަ ވައި" އަދި "އުސް ރާޅުތައް" ގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖޭއެމްއޭ އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ޝަންޝާން ކިއުޝޫއަށް އަރާނެ ކަމަށާއި، ހަފުތާ ބަންދުގައި ވެރިރަށް ޓޯކިޔޯ ހިމެނޭ ގޮތަށް މެދުތެރެއާއި އިރުމަތީ ގެ ސަރަހައްދުތަކަށް ކައިރިވާނެ ކަމަށެވެ.
މި ތޫފާން އެގައުމާއި ކައިރިވަމުން އަންނަ އިރު ކިޔުޝޫގެ ކަގޯޝިމާ ޕްރިފެކްޗާ އާއި ޓޯކިޔޯގެ ހުޅަނގު ދެކުނުގައި އޮންނަ އައިޗީ އަދި ޝިޒުއޯކާ ޕްރިފެކްޗާގައި ދިރިއުޅޭ 800،000 އަށް ވުރެ ގިނަ މީހުން ހުސްކުރުމަށް ކަމާބެހޭ ފަރާތްތަކުން ބުދަ ދުވަހު ވަނީ އަމުރެއް ނެރެފަ އެވެ.
ޖަޕާނުގެ ކާރު އުފައްދާ ކުންފުނި ޓޮޔޯޓާ އިން ބުދަ ދުވަހުގެ ހަވީރުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނުގެ ނިޔަލަށް ޖަޕާނުގެ 14 ޕްލާންޓްގެ މަސައްކަތް މެދުކަނޑާލަން ވެސް ވަނީ މިހާރު ނިންމާފައި އެވެ.
ޖަޕާން އެއާލައިންސް އިން ބުދަ ދުވަހާއި ބުރާސްފަތި ދުވަހަށް ޝެޑިއުލްކުރި އެތެރޭގެ 172 ފްލައިޓާއި ބައިނަލްއަގުވާމީ ހަ ފްލައިޓް ކެންސަލްކޮށްފައިވާއިރު، ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު ޝެޑިއުލްކޮށްފައިވާ 219 ޑޮމެސްޓިކް ފްލައިޓާއި ހަތަރު އިންޓަނޭޝަނަލް ފްލައިޓް އޭއެންއޭ އިން ވަނީ މިވަގުތަށް ކެންސަލް ކޮށްފަ އެވެ.