logoEN
cocacola
ފެނަކައިން ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް، ޚިދުމަތް ދޭން ފަށައިފި 

ފެނަކައިން ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް، ޚިދުމަތް ދޭން ފަށައިފި 

އަހުމަދު ޝުރާއު

logo

8/28/2024, 6:47:32 AM

# ފެނަކަ ކޯޕަރޭޝަން

--

ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށް ގެންދާ ސްމާރޓް މީޓަރ ޕްރޮޖެކްޓްގެ ދަށުން، ދ. ކުޑަހުވަދޫގައި ސްމާރޓް މީޓަރ ހަރުކޮށް،ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

ގޮސިޔާ

ރޭ މި ފެށުނު ޚިދުމަތުގެދަށުން ބޭނުންކުރެވޭ ސްމާރޓް މީޓަރަކީ، ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެކެވެ.

ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާ، ތިމާވެއްޓާ، ހަކަތައާއި ބެހޭ ވަޒީރު، ތޯރިޤް އިބްރާހީމެވެ. ސްމާރޓް މީޓަރުގެ ޚިދުމަތާއެކު، ފެނަކައިން ވަނީ، ސްމާރޓް މީޓަރގެ މޯބައިލް އެޕްލިކޭޝަން ފީޗާރވެސް އިފްތިތާޙްކޮށްފައެވެ. މިއީ ފެނަކައިގެ ސްމާރޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަންއެކެވެ.

ސްމާރޓް މީޓަރ ޕްރޮޖެކްޓުގެ ދަށުން ރަށުގައި ބޭނުންކުރާ ހުރިހާ ކަރަންޓު މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކޮށް ނިމި ކުޑަހުވަދޫގައި މި ޚިދުމަތް ރޭ ދޭން ފެށިއިރު، ރާއްޖޭގަ ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭން ވަނީ ނިންމަފައެވެ.

އެގޮތުން މިހާރުވެސް ދ އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. އޭގެތެރޭގައި، ހ.ދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފޯއްމުލައް ސިޓީގައިވެސް މި ޕްރޮޖެކްޓް ހިންގަމުން އެބަދެއެވެ. އޭގެ ތެރެއިން ދ އަތޮޅާއި ފުވައްމުލައް ސިޓީގައި، ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ޗައިނާގެ ޑޮންފަންގ ކުންފުނީގެ އުފެއްދުމެއްކަމަށްވާ މި މީޓަރަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، (އިންޓަރނޭޝަނަލީ ސަރޓިފައި ކުރެވިފައިވާ) ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ މީޓަރެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކަށް ފެތޭ މި ސްމާރޓް މީޓަރ ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކާގައި ވަނީ ޤާއިމްކުރެވިފައެވެ.

ސްމާރޓް މީޓަރ ޕްރޮޖެކްޓް ފެށުމަށް 2022 ވަނަ އަހަރު ކޮންޓްރެކްޓް ކުރެވިފައިވީ ނަމަވެސް، މި މަޝްރޫޢު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތެއްގައި ދެވިފައި ނުވާތީ، މަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ނަމަވެސް އައު މެނޭޖްމަންޓާއެކު ފެނަކައިން ޢަމާޒު ހިފާފައިވަނީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި، ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާރޓް މީޓަރަށް ބަދަލުކޮށް، ފެނަކައިން ދޭ ޚިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރަށް ކަށަވަރު ކުރުމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ