logoEN
cocacola
އައިސް ޕްލާންޓްތައް މިފްކޯއާ ޙަވާލުކުރުމުގެ މަރުޙަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނަން - ފެނަކަ

އައިސް ޕްލާންޓްތައް މިފްކޯއާ ޙަވާލުކުރުމުގެ މަރުޙަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭނަން - ފެނަކަ

އަލްފާ އަލީ

logo

8/18/2024, 9:55:32 AM

# ފެނަކަ ކޯޕަރޭޝަން

-

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ގޮސިޔާ

އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާއާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއާއި އަދި މިނިސްޓްރީގެ އިސްވެރިންނާއެކު ވަނީ ބައްދަލުވެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ އައިސް ޕްލާންޓްތައް ދޫކޮށްލުމުގެ މަރުހަލާ ނިމެންދެން މަސްވެރިންނަށް މެދުނުކެނޑި އައިސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މީގެ ދެހަފުތާ ކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުންވަނީ މީގެ ކުރިން އެކުންފުނިންކުރިޔަށް ގެންދިޔަ އައިސްޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުތަކާއި، އެކުންފުނީގެ ދަށުގައިވާ އައިސްޕްލާންޓުތައް ހިންގުން ހުއްޓާލުމަށް ނިންމާފައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިން އައިސްޕްލާންޓްތައް ހިންގުން ހުއްޓާލަންނިންމި މައިގަނޑު ސަބަބު ތަކުގެ ތެރޭގައި، އެމަޝްރޫއުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވަމުންދިއުމާއި، ކުންފުނީގައި އައިސް ޕްލާންޓް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތުމާއި އަދި އެ މަސައްކަތަކީ ކުންފުނީގެ މޭންޑޭޓާއި ޚިލާފުވެސް މަސައްކަތަކަށްވުން ހިމެނޭކަމަށެވެ.

އައިސް ޕްލާންޓްތަކުން އޮޕަރޭޝަނަލީ އަހަރަކު ގާތްގަނޑަކަށް 12 ވަރަކަށް މިލިއަން ރުފިޔާ ގެއްލުން ވަމުން އައިސްފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި މިހާރުގެ މެނޭޖްމަންޓުން ނިންމާފައިވަނީ ކުންފުންޏަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ނުކުރަން ކަމަށާއި، އެގޮތުން އައިސް ޕްލާންޓްތައް އޮޕަރޭޓް ކުރުންވެސް ނިމުމަކަށްގެނައީ ކަމަށް މުއާޒް ވިދާޅުވިއެވެ.

ފެނަކައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް ކުންފުނިން އަޅަމުން އަންނައިރު ފެނަކައިގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ދަރަނިތައް ޚަލާސްކޮށް ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ