logoEN
cocacola
މަގު ބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

މަގު ބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

# ފެނަކަ ކޯޕަރޭޝަން

-

ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިޞްލާޙު ކުރުމަށް ފެނަކައިން ދީފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

ގޮސިޔާ

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށްރަށުގެ މަގުތަކުގައި ހަރުކޮށްފައިވާ ބައްތިތައް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރު.އޭ) އިން ކަނޑައަޅާފައިވާ މިންގަނޑާއި އެއްގޮތަށް އިޞްލާޙު ކުރުމަށް ދީފައިވާ މުއްދަތު 2025 ފެބްރުވަރީ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މި މުއްދަތު އިތުރުކުރީ، ކައުންސިލްތަކަށް މިހާރު ދީފައިވާ މުއްދަތުގައި އެކަން ކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައިވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެމަތިން، ޔޫއާރުއޭ އިން ކުރިން ދީފައިވާ މުއްދަތު އިތުރުކުރުމާއި ގުޅިގެންކަމަށް ފެނަކައިން ބުނެފައިވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިގޮތަށް ޢަމަލު ނުކުރާ ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމަށް ނިންމާފައިވާކަމަށް އަންގާ، ފެނަކައިން މީގެ ކުރިންވެސް 3 ފަހަރެއްގެ މަތިން ވަނީ ކައުންސިލްތަކަށް މުއްދަތު ދީފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ