logoEN
cocacola
ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރަނީ އެކުންފުންޏަކީ ފައިދާ ވާ ކުންފުންޏަކަށް ހެދުމަށް - އެސްޓީއޯ

ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރަނީ އެކުންފުންޏަކީ ފައިދާ ވާ ކުންފުންޏަކަށް ހެދުމަށް - އެސްޓީއޯ

އަހުމަދު ޝުރާއު

logo

8/28/2024, 12:17:13 PM

# ފެނަކަ ކޯޕަރޭޝަން# އެސްޓީއޯ

--

އެސްޓީއޯގެ ސަބްސިޑަރީއަކަށް ފެނަކަ ވެގެން ދިޔުމުން އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި އެވެ.

ގޮސިޔާ

އެސްޓީއޯއިން މިފަދައިން ބުނީ ފެނަކަ ކޯޕަރޭޝަން, އެސްޓީއޯގެ ސަބްސިޑަރީއަކަށް ބަދަލުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި އެވެ.

އެގޮތުން އެސްޓީއޯއިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ފައިދާވާ ކުންފުންޏަކަށް ބަދަލުކޮށް, ގަވަރނަންސް ސިސްޓަމް ހަރުދަނާކޮށް,ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް, އަދި ފެނަކައިންކުރާ ވިޔަފާރީގެ އެންމެ ބޮޑު ހޭދައަކީ ތެލަށްކުރާ ހޭދަކަމަށްވެފައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ ސަބްސިޑަރީއަކަށް ފެނަކަ ބަދަލުކުރެވިއްޖެނަމަ, މި އިންޓަގްރޭޝަންއިން ދެ ކުންފުންޏަށް ލިބޭނެ ފައިދާއާބެހޭގޮތުން, އެސްޓީއޯއިން ސަރުކާރަށް 2024 އޮގަސްޓް 15 ވަނަ ދުވަހު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ޕްރޮޕޯސަލް ގަބޫލުކޮށް, ފެނަކަ އަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް,2024 އޮގަސްޓް 25 ވަނަ ދުވަހުސަރުކާރުން ވަނީ ނިންމާފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ އިއްޔެ ބޭއްވި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ޖެނުއަރީ 2025 އިން ފެށިގެން, ފެނަކަ އެ ކުންފުނީގެ ސަބްސިޑަރީއަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައ،ި ފެނަކައާއ،ި މިނިސްޓްރީ އޮފް ފިނޭންސްއާއި ގުޅިގެން ޕްލޭނެއް އެކުލަވާލުމަށް ވަނީ ނިންމާފައި ކަމަށެވެ.

މި ޕްލޭންގެ ތެރެއިން, މިނިވަން އޮޑިޓް ފާރމެއް މެދުވެރިކޮށް, ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ ފައިނޭންޝަލް އަދި ލީގަލް ޑިޔުޑިލިޖެންސް ހެދުމަށާއި އެސެޓްތައް ވެލިއުކުރުމަށާއި އަދި މާލީ ހާލަތު ދެނެގަތުމު ގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި ކުންފުނި ރައިޓްސައިޒްކޮށް އެ ކުންފުނި ހިންގުން ހަރުދަނާކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއެކު ކުރަންޖެހޭ މަސައްކަތްކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ އިރުޝާދުދީފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައި އެވެ.

ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައި ވަނީ އެސްޓީއ،ޯ މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު, އެންވާރަމަންޓް އެންޑް އެނަރޖީ ތަމްސީލްކުރައްވާ ފަރާތްތައް ހިމެނޭގޮތަށް ކަމަށާއި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރެވުމާއެކު, އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވަރނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން ޢައްޔަންކުރާ އުސޫލާއި އެއްގޮތަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި މި ބަދަލާއި އެކު ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރު, މި ފައިސާ އެސްޓީއޯ ގްރޫޕަށް ލިބޭނެގޮތުގެ ޕްލޭނެއް ހެދި, އެއާއި އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް, ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެކުންފުނީގެ ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އަރުވާ ކަމަށްވެސް އެސްޓީއޯގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ