logoEN
cocacola
ފަވަރަ މެދުވެރިކޮށް އެއް އަހަރުގެ ތެރޭގައި 5 މިލިއަން ޓްރާންސެކްޝަން!

ފަވަރަ މެދުވެރިކޮށް އެއް އަހަރުގެ ތެރޭގައި 5 މިލިއަން ޓްރާންސެކްޝަން!

އަހުމަދު ޝުރާއު

logo

8/27/2024, 12:42:24 PM

# އެމްއެމްއޭ# ފަވަރަ

--

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ"އަށް އަހަރެއް ވިއިރު، 5 މިލިއަން ޓްރާންސެކްޝަން ހަދާފައިވާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

ގޮސިޔާ

ރައްކާތެރި އަދި އަވަސް މާލީ މުއާމަލާތްތަކެއް ހިންގުމަށް އެމްއެމްއޭއިން ތަރައްޤީކޮށްފައިވާ "ފަވަރަ" އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު އޮގަސްޓްމަހުގެ 26 ވަނަ ދުވަހުއެވެ.

އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ޕޭމަންޓް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސިސްޓަމުން ކޮންމެ ބޭންކެއްގައި އެކައުންޓު އޮތްކަމުގައި ވީނަމެސް، އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުޢާމާލާތްތަކުގެ ފައިސާ ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ލިބެއެވެ.

View post on Twitter

އިއްޔެ މި ހިދުމަތަށް އެއް އަހަރު ފުރުމާއި ގުޅިގެން އެމްއެމްއޭއިން އެއް އަހަރު ދުވަހުގެ ތެރޭގައި ފަވަރަ އިން ހޯދާފައިވާ ކުރިއެރުންތަކުގެ ތަފްސީލް ހާމަކޮށްފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރެއް ތެރޭގައި ފަވަރަ ބޭނުން ކުރާ ބޭންކްތަކުގެ އަދަދު ފަހަކަށް ވަނީ އަރާފައި އެވެ. އެއީ ރާއްޖޭގެ 2 ބޭންކަކާއި ބޭރުގެ 3 ބޭންކެއް ހިމެނޭހެން 5 ބޭންކެވެ. އޭގެ ތެރޭގައި ހިމެނުނީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކެވެ.

ފަވަރައިން އަހަރެއް ތެރޭ ފަސް މިލިއަން ޓްރާންސެކްޝަން ހަދާފައިވާއިރު، 15 ބިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން 16 މިލިއަން ރުފިޔާގެ 7،000 ޓްރާންސެކްްޝަން ހިންގުމަށް ފަވަރައަށް އެދިފައިވާކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަވަރަ އިންސްޓަންޓް ޕޭމަންޓް ސިސްޓަމުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ، ސްމާޓް އެޑްރެސިން އަދި އެކައުންޓް ވެރިފިކޭޝަންގެ މުއާމަލާތް ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ