logoEN
cocacola
 ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ  ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

އަހުމަދު ޝުރާއު

logo

8/27/2024, 12:05:03 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކައުންސިލުތައްހިންގުން ހަރުދަނާކުރުމާ ގުޅޭ 3 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

ގޮސިޔާ

ކައުންސިލްތަކާއި ބެހޭ މިނިސްޓްރީއާ ގުޅިގެން، އެލްޖީއޭގެ ފަރާތުން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި 40 ރަށެއްގެ ރަށު ކައުންސިލުންނާއި 5 އަތޮޅެއްގެ އަތޮޅު ކައުންސިލުން ޖުމްލަ 170އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެެވެ.

މިއަދު ހެނދުނު ފެށި، މި ޓްރޭނިންގ ޕްރޮގްރާމު ފައްޓަވައިދެއްވައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި އެލްޖީއޭއިން ކައުންސިލުތަކުގެ މަސައްކަތް ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލަށާއި، އެލްޖީއޭގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދެންނެވިއެވެ. އަދި މި ފަދަ ޓްރޭނިންގ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލައްވައިފައި ވެއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ޓްރޭނިންގ ޕްރޮގްރާމަކީ އޮންލައިންކޮށް ބާއްވާ ޓްރޭނިންގއަކަށް ވުމުން މި ކަމަށް މި ތިން ދުވަހު ޚާއްޞަ ސަމާލުކަމެއް ދެއްވައި، މި ކަމަށް ފޯކަސްކުރައްވައިގެން، އިޚްލާޞްތެރިކަމާއެކު ޓްރޭނިންގ ކުރިއަށް ގެންގޮސް ދެއްވުމަށް ޕްރޮގްރާމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން މި މަހުގެ 29 އަށް އެލްޖީއޭގެ ފަރާތުން ހިންގާ މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ