logoEN
cocacola
މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި

މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް ފަށައިފި

އަހުމަދު ޝުރާއު

logo

8/27/2024, 6:32:43 AM

# ފިޝަރީޒް މިނިސްޓްރީ

--

ދިވެހިރާއްޖެއާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއާއި ގުޅިގެން، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި މަސްވެރިކަން ރާވާ، ހިންގައި، ބެލެހެއްޓުމުގައި ސައިންސްގެ ދައުރު އިތުރަށް ފުޅާކުރުމާއި އަދި ބެލެހެއްޓުމުގައި އަޅާ ފިޔަވަޅުތަކާއި ބެހޭ ގޮތުން އެއްބަސްވާއިރު އަމަލުކުރާނެ ގޮތްތަކާއި ބެހޭ މެނޭޖްމަންޓް ސްޓްރެޓެޖީ އިވެލުއޭޝަން ތަމްރީން ޕްރޮގްރާމް އިއްޔެ ބަޑޮސް މޯލްޑިވްސްގައި ފަށައިފި އެވެ.

ގޮސިޔާ

މިތަމްރީން ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމިނަތު ޝާފިއާއެވެ.

ޑރ. ޝާފިއާގެ ވާހަކަފުޅުގައި މިތަމްރީން ޕްރޮގްރާމްގެ މުހިއްމުކަމާއި އަދި އިންޑިއާ ކަނޑުގައި ކުރެވޭ މަސްވެރިކަން ރާވާ، ހިންގައި، ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތަކުގައި އައްސޭރިފަށުގެ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިފަދަ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމަކީ އައްސޭރި ފަށުގެ ގައުމުތައް ބާރުވެރިކުރުމުގައި އިސް ދައުރެއް އަދާކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޑރ. ޝާފިއާ ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމްގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ 16 ގައުމަކުން 36 މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ވޯރލްޑް ބޭންކްގެ އެހީގެ ދަށުން ހިންގާ ޓްރާންސްފޯރމް ޕްރޮޖެކްޓްގެ އެހީގައި ބާއްވާ ތަމްރީން ޕްރޮގްރާމްއެކެވެ.

ތިން ދުވަހުގެ މުއްދަތައް ބާއްވާ މިތަމްރީން ޕްރޮގްރާމްގައި ފަންނީ މާހިރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ސައުތު ޕެސިފިކްގެ ސައިންޓިސްޓުންނާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ސައިންޓިފިކް ކޮމެޓީގެ ޗެއަރ އަދި އެކި ކޮމެޓީތަކުގެ އެންމެ ފުންނާބު އުސް ސައިންޓިސްޓުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ