logoEN
cocacola
ކުޅުދުއްފުށީ ސިޓީ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ކުޅުދުއްފުށީ ސިޓީ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

8/26/2024, 3:32:33 PM

# އާރްޑީސީ

--

ކުޅުދުއްފުށީ ސިޓީ މަގު ހެދުމުގެ މަޝްރޫއުގެ ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އާރްޑީސީން ބުނެފި އެވެ.

ގޮސިޔާ

އާރްޑީސީން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީން ބުނީ ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު ކުރިއަށްދަނީ ސަހަރާ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

މިއާއި އެކު އާރްޑީސީން މިހާރު ވަނީ މި މަޝްރޫއުގެ 75 އިންސައްތައަށްވުރެ ބޮޑު މަސައްކަތް ނިންމާލާފައި އެވެ. އާރްޑީސީއިން ބުނަގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަމުން އަންނަނީ 31 މަގެކެވެ. އެއީ ޖުމްލަ 7.25 ކިލޯ މީޓަރެވެ.

View post on Twitter

ކުޅުދުއްފުށި ސިޓީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ 10 ޖޫން 2021 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 100,700,048.55 ރުފިޔާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ