
--
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އާރްޑީސީން ދަސްވާރު ޕްރޮގްރާމް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާ އެ ކޯޕަރޭޝަނާއެކު އެކުލަވާލެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.
6 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 5 ބައިވެރިއަކު ހިމެނެއެވެ. އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ގޮތުން މި ޕްރޮގްރާމްގެ ބައިވެރިން މި ކޯޕަރޭޝަންގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އާރްޑީސީން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ޕްރޮގްރާމުގެ މުއްދަތުގެ ތެރޭގައި ކޮންމެ ބައިވެރިއަކަށްވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް އާރްޑީސީން ވަނީ ނިންމާފައި އެވެ.
އާރްޑީސީން ބުނީ މި ޕްރޮގްރާމްގެ މަޤްސަދަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ހަމަހަމަ ކަމާއެކު މަސައްކަތް މާހައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި އެފަރާތްތައް ބާރުވެރި ކުރުމަށާ އެފަދަ ފަރާތްތައް މުޖުތަމައަށް ބޭނުން ހިފޭ ޒިންމާދާރު ވަޒީފާއެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާ އެ ކޯޕަރޭޝަނާއެކު އެކުލަވާލެވުނު ފަހުމުނާމާގައި ސޮއިކުރެވުނީ 30 ޖޫން 2024 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ރާއްޖެއަށް ބޭނުންވާ ހެވީ މެޝިނަރީތައް ހޯދުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ހެވީ މެޝިނަރީ އުފައްދާ ކުންފުންޏާއިއެކު އެއްބަސްވުމެއް!

ތިން ރަށެއްގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއަށް!

މާމިގިލީ މަގު ހެދުން: 300 މީޓަރަށް ތާރު އަޅައިފި

.gif&w=3840&q=75)



