
--
ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ 4000 ފްލެޓް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނީ ހައުސިން މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން މިހެން ބުނެފައި މިވަނީ އެ ހައުސިންގ ޔުނިޓްތަކުގެ އެއްަބަސްވުމާއި، އަދި ޔުނިޓް ހަވާލުކުރުމާއ ބެހޭގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ހޯދުމަށް އެކުންފުންޏަށް ހުށަހަޅަމުންދާތީ މިއަދު ނެރުނު ނޫސްބަޔާނެއްގައި އެވެ.
އެފްޑީސީގެ ބަޔާނުގައި ބުނެފައިވަނީ، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ޔުނިޓް ލިބޭނެ ފަރާތްތަކާއި އެފަރާތްތަކަށް ލިބޭނެ ޔުނިޓެއް ކަނޑައެޅުމުގެ މަސައްކަތަކީ މިނިސްޓްރީން އޮފް ހައުސިންގެ ލޭންޑް އެނެްޑް އަރބަން ޑެވެލޮޕްމެންޓް އިން ކުރަމުންދާ މަސައްކަތެއް ކަމުގައިވާތީ ޔުނިޓް ހަވާލުކުރުމާގުޅޭ އެންމެހައި ކަންކަމުގައި އެ ކޯޕަރޭޝަނުން އަމަލުކުރަމުން ގެންދާނީ މިނިސްޓްރީން އަންގާގޮތެއްގެ މަތިންކަމަށެވެ.
އެފްޑީސީން ބުނީ، ހައުސިންގް ޔުނިޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މަޑު ޖައްސާލުމަށް މީގެކުރިން،ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނަށް އަންގާދައުވާކަމަށެވެ، އެހެންކަމުން އެ ހައުސިންގ ޔުނިޓް ހަވާލުކުރުމާއި ގުޅޭގޮތުން ކުރެވޭ އެންމްހައި މުއާމަލާތްތަކެއް ކުރިޔަށްގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީން ވަކިގޮތެއް އެންގުމުންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އަދި 18 ފަންގިފިލާގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. އޭގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނޭ ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
ގުޅުންހުރި

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނުތައްދޭން މަރުކަޒެއް އަޅަން ސޮއިކޮށްފި

ފްލެޓްތައް ހަވާލުކުރާނީ މިނިސްޓްރީން ވަކިގޮތެއް އެންގުމުން - އެފްޑީސީ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އައު ލޯގޯ އިފްތިތާހްކޮށްފި
