
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނުތައްދޭން މަރުކަޒެއް އަޅަން ސޮއިކޮށްފި
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ# ފަހި ދިރިއުޅުން ކޯޕަރޭޝަން--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލުކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދެވޭނެ، "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު ކުރިޔަށް ގެންދާ މި މަޝްރޫއުއަށް ހުޅުމާލޭގައި އެމްޕަވަރމަންޓް ހަބް އެޅުމަށް މިއަދު އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. އެގޮތުން މި މަރުކަޒު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފެވެ. އެފްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.
އެމްޕަވަރމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ޚާއްޞަ މަރުކަޒެކެވެ.
މިގޮތުން، މި މަރުކަޒު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެމީހުންނަށް ބޭނުންވާ ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބި، އެމީހުންގެ ޤާބިލުކަން އިތުރުވެ، އަމިއްލަ މަސައްކަތްތައް ފަށައި، އާމްދަނީ ހޯދުމުގެ ދޮރު ހުޅުވިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މި މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދިނުމުގެ ރަނގަޅު ފުރުޞަތެއްކަމަށް ސަރުކާރުން ފާހަގަކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް ހުރަހަކާއި ނުލާ ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ފަދައިން އިމާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. މިހެންކަމުން، މި މަރުކަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކްސެސިބަލް މާހައުލަކުން ޚިދުމަތް ލިބިގެންދާނެ މަރުކަޒަކަށް ވެގެންދާނެއެވެ.
އެމްޕަވަރމަންޓް ހަބުގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މަސައްކަތްތެރިން ހޯދުމުގެ ފުރުޞަތުވެސް ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް މައުލޫމާތުދެއެވެ. ހަމަމިއާއެކު، މި މަރުކަޒުގެ ޒަރިއްޔާއިން ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، އިޖުތިމާޢީ ޒިންމާ އަދާކުރުމަށް ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދާނެކަމަށް ދެކެއެވެ.
ގުޅުންހުރި

ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހި 15 ޖޫންގައި ހުޅުވާލަނީ

އަނިޔާ ލިބޭ އަންހެނުންނަށް އިތުރު "ޑޮމެސްޓިކް ވައިލެންސް ޝެލްޓާ" ތަކެއް ތައްޔާރުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށިން ތިން މަހުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
