
އެފްޑީސީ ފްލެޓްތަކުގެ ރަށްވެހި ލިޔެކިޔުންތައް އޮންލައިންކޮށް ލިބޭގޮތް ހަދައިފި
# ފަހި ދިރިއުޅުން ކޯޕަރޭޝަން# މާލެ ސިޓީ ކައުންސިލްއެފްޑީސީ ފްލެޓް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތައް އެފްޑީސީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން އެފްލެޓްކަށް ބަދަލުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާއިރު، އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މިއީ ފްލެޓް ލިބުނު މީހުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.
ހަމްދާން ޝަކީލް ވިދާޅުވީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތައް އެއްވެސް ފިޒިކަލް ޑޮކިއުމަންޓެއް ހުށަނާޅާ ފަސޭހަކަމާއެކު ވަން ކްލިފް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑްމެޕްއާ އެއްގޮތައް އެއްވެސް ފިޒިކަލް ޑޮކިއުމެންޓޭޝަންއެއް ހުށަނާޅާ އޮންލައިންކޮށް ވަން ކްލިފް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭޏެ ނިޒާމެއް މިވަނީ ހަމަޖެހިފައި" ހަމްދާން ޝަކީލް ވިދާޅުވި އެވެ.
މީގެއިތުރުން ހަމްދާން ޝަކީލް ވިދާޅުވީ އެފްޑީސީގެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް އިދާރީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، މިކަމުގައި ސިޓީ ކައުންސިލުން ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އެފްޑީސީގެ 32 ޓަވަރުގައި 4000 ހައުސިންގް ޔުނިޓް ހިމެނޭއިރު، މި ފްލެޓްތަކުގައި 30،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނެކަމަށް އެފްޑީސީން އަންދާޒާކުރެ އެވެ.
ގުޅުންހުރި

އެފްޑީސީ ފްލެޓްތަކުގެ ރަށްވެހި ލިޔެކިޔުންތައް އޮންލައިންކޮށް ލިބޭގޮތް ހަދައިފި

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން 5،000 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ފެންނަމުން މިދަނީ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު - އަރީޝް




