
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އައު ލޯގޯ އިފްތިތާހްކޮށްފި
# ފަހި ދިރިއުޅުން ކޯޕަރޭޝަން# ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްއެފްޑީސީގެ އައު ލޯގޯ އިފްތިތާހްކުރުމުގެ ތެރެއިން
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ)ގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކުންފުނީގެ އައު ލޯގޯ އިފްތިތާހްކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ޚާއްސަ ޙަފުލާގައި އައު ލޯގޯ އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްއެވެ.
މި ޙަފުލާގައި މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ޙިއްޞާކޮށްފައިވާއިރު، ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާޞިލުކުރި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާޞިލުކުރި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އަދި "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާޞިލުކުރި ފަރާތަށް އެ އެވޯޑު ވެސް ހަވާލުކޮށްދެއްވާފައެވެ.
އެފްޑީސީގެ އައު ލޯގޯ
2019 ވަނަ އަހަރު، ކުރީގެ ސަރުކާރުގައި ވުޖޫދު ކުރި ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ 100 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި ވުޖޫދު ކުރީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސްގެ ޤަރާރަކުންނެވެ.
އެކުންފުނީގެ މައިގަނޑު މަޤްސަދަކީ އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
ގުޅުންހުރި

އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ރާއްޖެ ބިނާކޮށް، އާރާސްތުކުރުމަކީ އެންމެންގެ ޒިންމާއެއް!

އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު، ނައިބު ރައީސްއާއި ބައްދަލުކުރައްވައިފި

ނައިބު ރައީސް، ފިޔޯރީ ކައުންސިލާ ބައްދަލުކުރައްވައިފި
