logoEN
cocacola
ޔަމަނުގެ ހޫތީންވެސް އިޒްރޭލުގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ދީފި

ޔަމަނުގެ ހޫތީންވެސް އިޒްރޭލުގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ދީފި

އަހުމަދު ޝުރާއު

logo

8/25/2024, 3:00:52 PM

# ހޫތީން

ހިޒްބުاللهއިން ޔަހޫދީ އިޒްރޭލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައި ޔަމަނުގެ ހޫތީންވެސް އިޒްރޭލުގެ ސަރަހައްދުތަކަށް ހަމަލާދޭން ފަށަން ތައްޔާރުވެފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ހިޒްބުالله އާއި ޔަހޫދީންނާއި ދެމެދު ހަމަލާތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހިޒްބުالله ގެ ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން އިސްރާއީލަށް ބަދަލު ހިފުމުގެ ހަމަލާގެ ފުރަތަމަ މަރުހަލާއަށް ހިޒްބުاللهއިން ތައްޔާރުވަމުން ދަނިކޮށް ޔަހޫދީން ދިން ހަމަލާއަކާއި އެކުގައި އެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނީ ހިޒްބުالله އިން އިސްރާއީލުގެ މެދުތެރެއަށް ފަތިހު 5:00 ގައި އެތައް ސަތޭކަ މިސައިލް ފޮނުވާލާނެކަން އެނގުނު ކަމަށާއި އެހެންކަމުން އިސްރާއީލުގެ 100 ޖެޓުން ބައިގަޑިއިރު ކުރިން ހަމަލާ ދީފައިވާ ކަމަށެވެ. މިހަމަލާތަކާއި އެކު ހިޒްބުالله އިން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ރޮކެޓް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން ފެށީ ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ލުބުނާނު ޖަމާއަތުންވަނީ މިހާރު ބުނެފައި އެވެ.

އެގޮތުން ހިޒްބުاللهއިން ވަނީ ޔަހޫދީންގެ ހަމަލާތަކާއި އެކު ޔަހޫދީންގެ ވެރިރަށް ހިމެނޭހެން އިޒްރޭލުެގެ ގިނަ ސަރަހައްދުތަކަކަށް ބޮން އަޅާފައި އެވެ. އޭގެ ތެރޭގައި ޔަހޫދީންގެ އިންޓެލިޖެންސް މައި އިދާރާކަމަށްވާ މޮސަދުގެ ބައެއް ސަރަހައްދުތަކަށްވެސް ބޮން އަޅާފައި އެވެ.

މި ހަމަލާއަށް ތައުރީފްކޮށް ޔަމަނުގެ ހޫތީން މިއަދު ވަނީ ހިޒްބުاللهއަށް މަރުހަބާގެ ބަޔާނެއް ނެރެފައި އެވެ. ހޫޘީންގެ ޕޮލިޓިކަލް ބިއުރޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޔަހޫދީންނާއި ދެކޮޅަށް ދިން ބާރުގަދަ އަދި ހަރުދަނާ ޖަވާބަކީ،ހިޒްބުاللهއަކީ ވައުދުތަކާއި ނުރައްކާތަކުގައި ޤާބިލު، ސާބިތު، އަދި އިޚްލާޞްތެރި ބައެއްކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

އަދި ޔަހޫދީން ހޫތީންގެ ޕޯޓަށް ދިން ހަމަލާގެ ރައްދު ވަރަށް އަވަހަށް ޔަހޫދީންނަށް ލިބޭނެ ކަމަށާއިކުރިއަށް އޮތް ދުވަސްތަކާއި ރޭތަކާއި ހަނގުރާމައިގެ މައިދާނުން އެކަން ސާބިތުކޮށްދޭނެ ކަމަށް ހޫތީންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ