logoEN
cocacola
އިޒްރޭލު-ލުބުނާން ހަނގުރާމަ ފެށިއްޖެ, ކޮމާންޑަރުގެ މަހުގެ ބަދަލު ހިފުމަށް ހިޒްބުالله ގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް!

އިޒްރޭލު-ލުބުނާން ހަނގުރާމަ ފެށިއްޖެ, ކޮމާންޑަރުގެ މަހުގެ ބަދަލު ހިފުމަށް ހިޒްބުالله ގެ ވަރުގަދަ ހަމަލާތަކެއް އިޒްރޭލަށް!

އަހުމަދު ޝުރާއު

logo

8/25/2024, 11:04:42 AM

# ހިޒްބުالله

--

ޔަހޫދީ އިޒްރޭލާއި ލުބުނާނުގެ ހިޒްބުالله އާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް މިއަދު ހިނގައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ހަމަލާތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ހިޒްބުالله ގެ ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން އިސްރާއީލަށް ބަދަލު ހިފުމުގެ ހަމަލާގެ ފުރަތަމަ މަރުހަލާއަށް ހިޒްބުاللهއިން ތައްޔާރުވަމުން ދަނިކޮށް ޔަހޫދީން ދިން ހަމަލާއަކާއި އެކުގައި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނީ ހިޒްބުالله އިން އިސްރާއީލުގެ މެދުތެރެއަށް ފަތިހު 5:00 ގައި އެތައް ސަތޭކަ މިސައިލް ފޮނުވާލާނެކަން އެނގުނު ކަމަށާއި އެހެންކަމުން އިސްރާއީލުގެ 100 ޖެޓުން ބައިގަޑިއިރު ކުރިން ހަމަލާ ދީފައިވާ ކަމަށެވެ.

މިހަމަލާތަކާއި އެކު ހިޒްބުالله އިން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ރޮކެޓް އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާދޭން ފެށީ ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ލުބުނާނު ޖަމާއަތުންވަނީ މިހާރު ބުނެފައި އެވެ.

އެގޮތުން ހިޒްބުاللهއިން ވަނީ ޔަހޫދީންގެ ހަމަލާތަކާއި އެކު ޔަހޫދީންގެ ވެރިރަށް ހިމެނޭހެން އިޒްރޭލުެގެ ގިނަ ސަރަހައްދުތަކަކަށް ބޮން އަޅާފައި އެވެ. އޭގެ ތެރޭގައި ޔަހޫދީންގެ އިންޓެލިޖެންސް މައި އިދާރާކަމަށްވާ މޮސަދުގެ ބައެއް ސަރަހައްދުތަކަށްވެސް ބޮން އަޅާފައި އެވެ.

މި ހަމަލާތަކާއި އެކު މިއީ ލުބުނާން-އިޒްރޭލު ހަނގުރާމައިގެ ފެށުން ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާއިރު މި އީ މެދު އިރުމަތީގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތަކާއި އެކު އިޒްރޭލަށް ލިބުނު ގެއްލުންތައް ބްރޯޑްކާސްޓު ނުކުރަން މިހާރު ނޫސްވެރިންނަށް ޔަހޫދީ ސަރުކާރުން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ