logoEN
cocacola
ހިޒްބުالله އިން ބަދަލު ހިފުމުގެ ހަމަލާތައް ފަށައިފި, އިޒްރޭލާއި ދިމާލަށް ގިނަ އަދަދެއްގެ މިސައިލްތަކެއް!

ހިޒްބުالله އިން ބަދަލު ހިފުމުގެ ހަމަލާތައް ފަށައިފި, އިޒްރޭލާއި ދިމާލަށް ގިނަ އަދަދެއްގެ މިސައިލްތަކެއް!

އަހުމަދު ޝުރާއު

logo

8/1/2024, 7:31:57 PM

# ހިޒްބުالله

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޔަހޫދީންގެ ހަމަލާއެއްގައި ޝަހީދުކޮށްުލުމާއި އެކު ބަދަލު ހިފުމުގެ ހަމަލާތައް ހިޒްބުاللهއިން އިޒްރޭލަށް ފޮނުވާލައިފި އެވެ.

ގޮސިޔާ

އިރާނާއި ލުބުނާނުގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރާ ގޮތުގައި ދާދި ދެންމެ އަކު ލުބުނާނުގެ އުތުރުގެ ސަރަހައްދުތަކުން އިޒްރޭލާއި ދިމާލަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ވަނީ ފޮނުވާލާފައި އެވެ.

އެގޮތުން މި ހަމަލާގެ ބައެއް މަންޒަރުތައްވެސް އަންނީ މިހާރު ބައެއް ނޫސްތަކުން ވަގުތުން ދައްކަމުންނެވެ. އިތުރު ރިޕޯޓުތައް ބުނާ ގޮތުގައި ލުބުނާނުން ފޮނުވާލި ބައެއް މިސައިލްތައް އިޒްރޭލަށް ވަދެފައިވާއިރު އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކުން އެއާ ސައިރެންގެ އަޑުތައް ދަނީ އިވެމުންނެވެ.

ހިޒްބުالله އިން ހަމަލާތައް ފަށާފައިވާކަން ރަސްމީކޮށް އަދި ހާމަނުކުރި ނަމަވެސް މިއަދު އެޖަމާއަތުގެ އިސް ލީޑަރު ނަސްރުالله ވަނީ ފުއާދު ޝުކުރު އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމުގެ ސީދާ އިންޒާރު އިސްރާއީލަށް ދީފައި އެވެ. އަދި އެ ހަމަލާއާއި އެކު ހަނގުރާމަ އިތުރު ހަރުފަތަކަށް ގޮސްފައިވާ ކަމަށާއި ދެން ދޭ ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައި އެވެ.

ހިޒްބުالله އިން ހަމަލާތައް ފަށާފައިވާކަން ދާދި ދެންމެ އަކު އަލްޖަޒީރާގެ މަސްދަރުތަކުންވެސް ވަނީ ކަށަވަރުކޮށްދީފައި އެވެ.

އަދާހަމަ: މައުންޓްސޯވާގެ އާބާދީއަށް ކަޓިއުޝާ ރޮކެޓްތަކެއް އުދުއްސާލިކަން ހިޒްބުالله ގެ އިސް އޮފިޝަލަކު ދާދި ދެންމެ އަކު ވަނީ ކަށަވަރުކޮށްދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ