logoEN
cocacola
ހިޒްބުޯاللهގެ ހަތިޔާރު ރައްކާކޮށްފައި ހުރި ތަނަކަށް ޔަހޫދީން ބޮން އަޅައިފި

ހިޒްބުޯاللهގެ ހަތިޔާރު ރައްކާކޮށްފައި ހުރި ތަނަކަށް ޔަހޫދީން ބޮން އަޅައިފި

އަހުމަދު ޝުރާއު

logo

8/19/2024, 6:19:11 PM

# ހިޒްބުالله

--

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން މިރޭ ލުބުނާނުގެ އިރުމަތީ ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި އެވެ.

ގޮސިޔާ

ރޮއެޓާސްއިން އިތުބާރުހުރި މަސްދަރުތަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ލުބުނާނުގެ އިރުމަތީ ބެކާ ވާދީގައި ހުންނަ ހިޒްބުالله ގެ ހަތިޔާރު ރައްކާކުރާ ގުދަނަކަށް އިޒްރޭލުން މިރޭ ވަނީ ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ދީފައެވެ.

ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައާއި ދެކޮޅަށް ލުބުނާނުގެ ހިޒްބުالله އިން ހަމަލާތައް ދޭން ފެށުމުން ބަދަލުގައި އިޒްރޭލުން ހިޒްބުاللهގެ ހަނގުރާމަވެރިންނާއި ރޮކެޓް ލޯންޗްކުރާ ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަ ނަމަވެސް ހަތިޔާރު ރައްކާކުރާ ގުދަންތަކަށް ހަމަލާދިނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހަމަލާތަކެކެވެ.

މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ހިޒްބުالله އާއި އިޒްރޭލު އަސްކަރިއްޔާއިންވެސް ވަކި އެއްޗެކޭ ބުނެފައި ނުވި ނަމަވެސް މި ހަމަލާގެ ބައެއް ވީޑިއޯަތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއަކީ ޔަހޫދީން މިހާތަނަށް ހިޒްބުالله ގެ މަރުކަޒަކަށް ދިން އެންމެ ބޮޑު އެއް ހަމަލާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ