
--
ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަތުލައިގެންފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.
އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެން ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ








