
--
ދައުލަތުގެ މީޑިއާ, ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު އިސްތިއުފާދެއްވައިފި އެވެ.

މަގާމުން އިސްތިއުފާދެއްވިކަން ޒީނާ ވަނީ މިއަދު ރާއްޖޭގެ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދެއްވާފައި އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޒީނާ ހާމައެއް ނުކުރައްވައެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޒީނާ އައްޔަންކުރީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ޒީނާ ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަން ވެސް ކުރައްވާފައިވެ އެވެ.
އަދި މިހާރުވެސް ޒީ ޓައިމްސްގެ ނަމުގައި އަމިއްލަ ނޫހެއް ހިންގަވައެވެ.








