
--
ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާގެ އައު މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ބުނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ގ. ދިލްކަޝް އަލްފާޟިލް މުޙައްމަދު ސަޢީދު 24 އޮގަސްޓް 2024ގައި އައްޔަނުކޮށްފައިވާ ކަމަށެވެ.
މުޙައްމަދު ސަޢީދު ވަނީ 1989 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މަޤާމްތައް ފުރުއްވާފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްޓްރީކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި މީޑިއާ އޮފިސަރެއްގެ މަޤާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ މުހިންމު އެކިއެކި ކޮމިޓީތަކާއި އާސަންދަ ކުންފުނީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
ސަޢީދު ވަނީ މީޑިއާ ދާއިރާއިންވެސް ތަޢުލީމު ހާސިލުކުރައްވާފައެވެ. އެގޮތުން ޔޫކޭ ލަންޑަން، މީޑިއާ ޕްރޮޑަކްޝަން ސަރވިސްގައި، ޑިޕްލޮމާ އިން އެޑްވާންސް ޓެލެވިޜަން ޕޮރޮޑަކްޝަން އެންޑް ޑިރެކްޝަން ޓެކްނީކްސް ކޯސް ފުރިހަމަކުރައްވާފައިވެއެވެ.
ޕީއެސްއެމްއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިމިވަނީ އެގަމާުގައި ހުންނެވީ ޒީނާ ޒާހިރު އިއްޔެ ހަވީރު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޒީނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ގުޅުންހުރި

އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް ޝަކީބު!

"ނެޝަނަލް ނިއުސް އެޖެންސީ" އިފްތިތާޙުކޮށް، 20 މީޑިއާއަކާއެކު ސޮއިކޮށްފި

.gif&w=3840&q=75)



