logoEN
cocacola
ފުވައްމުލަކުގައި 1 ލައްކަ ގަސް އިންދަނީ

ފުވައްމުލަކުގައި 1 ލައްކަ ގަސް އިންދަނީ

އަހުމަދު ޝުރާއު

logo

8/24/2024, 12:03:43 PM

# ފުވައްމުލައް ސިޓީ

--

ފުވައްމުލަކު ސިޓީގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ.

ގޮސިޔާ

އިއްޔެ އެރަށުގައި އޮތް ރަސްމިއްޔާތެއްގައި އެހަރަކާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެވެ. މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން ދިޔައީ ފުވައްމުލަކު ސިޓީގައި ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން 1 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 4 ލައްކަ ގަސް އިންދިފައިވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން މިއަދުގެ މިހާތަނަށް 1.4 މިލިޔަން ގަސް މި ވަނީ ޕްލެޖްކޮށްފައި އެކި ފަރާތްތަކުން އިންދަން. އަދި މިހާތަނަށް ދިޔަ އިރު 4 ލައްކަ ގަސް އިންދިފައި މި ވަނީ މި ޕްރޮގްރާމްގެ ތެރެއިން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ އަޅުގަނޑުމެންނަށް ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް" މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މިޕްރޮގްރާމަކީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ޕްރޮގްރާމެއް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފުވައްމުލަކުގައި ރަށަށް ބޭނުންވާ އަދި މަދުވެފައިވާ ގަސްތައް އާލާކޮށް، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ