logoEN
Sto top
ފުވައްމުލަކު ޕޮލިސްގެ ޑްރައިވަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

ފުވައްމުލަކު ޕޮލިސްގެ ޑްރައިވަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

1/26/2025, 10:23:09 AM

# ފުވައްމުލައް ސިޓީ

--

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޖީނިއަރިންގ އެންޑް މެކޭނިކަލް ސަރވިސަސްގެ ފަރާތުން ފުއްވަމުލަކު ސިޓީ ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

Wamco

މި ޖަނަވަރީ މަހުގެ 23 އަދި 25 ވަނަ ދުވަހު ހިންގި މި ރިފްރެޝަރ ޕްރޮގްރާމުގައި ޑްރައިވަރުން ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން އުޅަނދަށް އެރުމުގެ ކުރިން ބަލަންޖެހޭ ކަންކަމާއި ދުއްވަން އެރުމަށްފަހު ބަލަންޖެހޭ ކަންކަމާއި އުޅަނދު ދުއްވަމުން ދާއިރު ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އުޅަނދުން ފޭބުމަށްފަހު ބަލަންޖެހޭ ކަންކަމާއި އުޅަނދަށް ގެއްލުމެއް ވެއްޖެނަމަ އަމަލުކުރަންެޖެހޭ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

ދެ ދުވަހަކަށް ބަހާލައިގެން ހިންގި މި ރިފްރެޝަރ ޕްރޮގްރާމުގައި އިންޑޯރ އަދި އައުޓްޑޯރ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގްރާމުގައި ސެޝަންތައް ނަގައިދީފައިވަނީ އޮޓޯމޯޓިވް އިންޖީނިއަރިންގ ޔުނިޓްެގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒާހިރު އާއި ޓްރާންސްޕޯޓް މެނޭޖްމަންޓް ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝާފިޢުއެވެ.

މި ރިފްރެޝަރ ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ވަނީ ހަނދީ ލިޔުން ދީފައެވެ. ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ސައުތު ޕޮލިސްގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް އާއި ފުވައްމުލަކު ސިޓީ ޕޮލިސްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ލަތީފްއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside