
--
ފުވައްމުލަކު ސިޓީގައި ކުރިޔަށް ގެންދިޔަ ކްލައިމެޓް ފައިނޭންސް ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނީ މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތްތަކުން ވަރަށް ހަރަކާތްތެރިކަމާއެކު ސެޝަންތަކާއި ހަރަކާތްތަކުގައި ބައިވެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރަށު ފެންވަރުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ ޤާބިލުކަން އިތުރުކޮށްފައިވާ ކަމަށެވެ.
މި ވޯކްޝޮޕަކީ ކޮމަންވެލްތު ސެކްރެޓޭރިއެޓާއި އެން.ޑީ.ސީ ޕާޓްނަރޝިޕްގެ އެހީތެރިކަމާއެކު ބޭއްވުނު ވޯކްޝޮޕެކެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން މި ވޯކްޝޮޕް އިންތިޒާމުކުރުމުގައި އެހީތެރިވެދީފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ފައިސާ ހޯދުމަކީ ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި ވޯކްޝޮޕްގެ ސަބަބުން ބައިވެރިންނަށް މި ދާއިރާއިން އިތުރު މަޢުލޫމާތު ލިބި، އެފަދަ ފައިސާ ހޯދުމަށް ބޭނުންވާ ހުނަރުތައް ދަސްވެފައިވާކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި ވޯކްޝޮޕްގެ ސަބަބުން ފުވައްމުލަކު ސިޓީއާއި އެހެނިހެން ރަށްތަކުގައިވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

މޯލްޑިވިއަންއާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ގަސްއިންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ފުވައްމުލަކުގައި ބޭއްވި ކްލައިމެޓް ފައިނޭންސް ވޯކްޝޮޕް ނިންމާލައިފި

ފުވައްމުލަކު ޕޮލިސްގެ ޑްރައިވަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފި
