logoEN
cocacola
ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫޢު: ތާރު އަޅަން ވާންޖެހޭ ތައްޔާރީތައް ވަނީ

ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫޢު: ތާރު އަޅަން ވާންޖެހޭ ތައްޔާރީތައް ވަނީ

އަހުމަދު ޝުރާއު

logo

8/22/2024, 10:06:38 AM

# އާރްޑީސީ

--

ރ. ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގައި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރުދަނީ ވަމުންކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އާރްޑީސީން ބުނެފި އެވެ.

ގޮސިޔާ

އާރްޑީސީން ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މިޑިއާތަކާއި މިއަދު ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ނިމި، ތާރުގެ ކުރިން އަޅާ އެގްރިގޭޓް ބޭސް ކޯރސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ. އަދި އެ މަސައްކަތުގެ %73 ވަނީ ނިމިފައި ކަމަށް ވަނީ ބުނެފައި އެވެ.

އަދި މި މަޝްރޫޢު ޖުމްލަ މަސައްކަތުގެ %87 ވަނީ މިހާރު ނިންމާލެވިފައި ކަމަށްވެސް ވަނީ ބުނެފައި އެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 3.1 ކިލޯމީޓަރު ދިގު މިނުގައި ތާރު އަޅާނެއެވެ. އެއީ ޖުމްލަ 6 މަގެވެ.

މި މަޝްރޫޢު އާރްޑީސީއާއި ޙަވާލު ކުރެވުނީ 2022 ވަނަ އަހަރުގެ މޭ މަހުގައެވެ. މި މަޝްރޫއުގެ އަގަކީ 88,912,040.55 ދިވެހި ރުފިޔާއެވެ.

ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ، ކޭބަލް ޖަންކްޝަން ނެޓްވޯރކް އާއި ސްޓޯރމް ވޯޓަރ ނެޓް ވޯކް ގާއިމު ކުރެވިގެންނެވެ. މީގެ އިތުރުން ޕަމްޕް ސްޓޭޝަންތައް ބެހެއްޓާއި މަގުބައްތި ހަރުކުރެވިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ