logoEN
cocacola
ޕީޖީ ޝަމީމް ވަކިކުރަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ޕީޖީ ޝަމީމް ވަކިކުރަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

8/22/2024, 8:44:02 AM

# ޕީޖީ ޝަމީމް

--

ޕްރޮސެކިއުޓަރު ޖެނެރަލް ގެ މަގާމުން ހުސައިން ޝަމީމް ވަކިކުރުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

ގޮސިޔާ

މިރޭ ޖަލްސާއެއް ބާއްވާނެ ކަމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއުލާނުކުރެއްވި އެވެ. ނަމަވެސް ޖަލްސާގެ އެޖެންޑާގައި އޮތީ ކޮން ކަމެއް ކަމެއް ނާޒިމް ހާމައެއް ނުކުރައްވައެވެ. ނަމަވެސް މިރޭގެ ޖަލްސާގައި އޮތީ ޝަމީމް މަގާމުން ވަކިކުރަން ފާސްކުރަން ކަމަށް މަޖިލީހުގެ މެމްބަރަކު ވަނީ ގާފު ނޫހަށް ކަށަވަރުކޮށްދެއްވާފައި އެވެ.

މިރޭގެ ޖަލްސާއަށްފަހު މަޖިލިސް މި ދައުރު ނިންމާ ދަނީ ޗުއްޓީއަށެވެ.

ޝަމީމް ވަކިކުރަން ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާލަން ނިންމާފައި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި ސިޓީގައިވާ ގޮތުން ޕީޖީ ޝަމީމް ގާނޫނުއަސާސީއާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާތީ ޝަމީމަކީ ޕީޖީގެ މަގާމުގައި ހުރުމަށް އެކަށީގެންވާ ބޭފުޅެއް ނޫނެވެ.

ޝަމީމް މަގާމުން ވަކިކުރަން ޝާހިދު ހުށަހެޅުއްވި ބައެއް ސަބަބުތައް ކަމަށް ބަޔާންކޮށްފައިވަނީ

  1. ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން
  2. ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން
  3. ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން
  4. މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން
  5. ބަނގުރާ ބުއިމުގެ 77 މައްސަލައެއް އަނބުރާ ގެނައުން
  6. އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއް އަނބުރާ ގެނައުން
  7. ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއުއަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބަލަން ދެކޮޅު ހެދުންވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން

މިއަދުގެ ކޮމެޓީއަށް ޖަވާބުދާރީވުމަށް ވަޑައިގެން ޝަމީމް ވަނީ އެ މައްސަލަތައް ހިނގާދިޔަގޮތް ވަކިވަކިން ކޮމިޓީއަށް ސާފުކޮށްދެއްވައިފައެވެ. އަދި، ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ. ޝަމީމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުން މީގެ ކުރިން ނެރެފައިވާ ރިޕޯޓުތަކާއި ލިޔުންތަކާއި މަޒުމޫނުތައް މެންބަރުން ވިދާޅުވެ ދިރާސާކޮށްލި ނަމަ މިފަދަ ތުހުމަތުތައް ކޮށް މަޖިލީހުގެ ވަގުތު ނަގާލަން ނުޖެހޭނެ އެވެ.

ޖަވާބުދާރީވުމަށް ޝަޏިމް ވަޑައިގަތުމުން ކޮމެޓީ މިއަދު ވަނީ ސިއްރުވެސް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ