logoEN
cocacola
ޝަމީމް ޕީޖީކަމުން ވަކި ކުރަން މަޖިލީހަށް ހުށަޙަޅައިފި

ޝަމީމް ޕީޖީކަމުން ވަކި ކުރަން މަޖިލީހަށް ހުށަޙަޅައިފި

އަހުމަދު ޝުރާއު

logo

8/13/2024, 7:55:19 AM

# ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ގޮސިޔާ

ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެއްޅުވީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ އަދާކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ބުނެ މެމްބަރު ޝާހިދު ވަނީ މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ކޮމިޓީން މިއަދު އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ވަނީ ޝަމީމް ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރަން ފާސްކޮށްފަ އެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަނުކުރީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. ޝަމީމް ޕީޖީގެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ