logoEN
cocacola
ޕީޖީ ޝަމީމްއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 7 އަށް!

ޕީޖީ ޝަމީމްއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު 7 އަށް!

އަހުމަދު ޝުރާއު

logo

3/3/2024, 4:59:54 PM

# ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ޕީޖީ ޝަމީމްއަށް ހަމަލާދީފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެެ. އެގޮތުން ޝަމީމްއަށް ހަމަލާދީފައިވަނީ އޭނާ އުޅުއްވާ ގޭގެ ދޮރިމަތިންނެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ޝަހީމް އަށް ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު މަރުތޭލެއް ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވެއެވެ. ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައި ވެއެވެ.

މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިހާތަނަށް 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެނަކީވެސް ދިވެހިން ކަމަށެވެ.

ފުލުހުން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން އެކި ދުވަސް މަތިން އެ މީހުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައިވާ ކަަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ