logoEN
cocacola
ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށްގެން ކޮންފަރެންސްއެއް ބާއްވަން ތައްޔާރުވަނީ

ކޮންސްޓްރަކްޝަން ދާއިރާއަށް އަމާޒުކޮށްގެން ކޮންފަރެންސްއެއް ބާއްވަން ތައްޔާރުވަނީ

އަހުމަދު ޝުރާއު

logo

8/21/2024, 5:37:14 PM

# ޕޮލިޓެކްނިކް

--

މޯލްޑިވްސް ޕޮލިޓެކްނިކުން އިސްނަގައިގެން ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ދާއިރާއަށް އަމާޒުކޮށް ކޮންފަރެންސް އެއް ބޭއްވުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން ދާއިރާގެ އިސްބޭފުޅުންނާ މަޝްވަރާކޮށްފިއެވެ.

ގޮސިޔާ

އިއްޔެ ރާއްޖެގެ ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅުންނާއިެކު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދިންގެ އިތުރުން އެ އިދާރާގެ ބައެއް އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތުން އެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ވިޔަފާރިވެރިން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ސެންޓްރަލް އިންޖީނިއަރިންގ ކޮންސަލްޓެންސީ ބިއުރޯ އޮފް ސްރީ ލަންކާއާއި ޕޮލިޓެކްނިކުން ގުޅިގެން ބޭވުމަށް މަޝްވަރާކުރެވޭ މިކޮންފެރެންސްގައި، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން ނުވަތަ އިމާރާތްކުރުމުގެ ދާއިރާއަށް އަންނަ ބަދަލުތަކާއި މި ދާއިރާއާއި ގުޅޭ އިތުރު މުޙިއްމު މަޢުލުމާތު ޒުވާނުންނަށް ފޯރުކޮއްދިނުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.

މޯލްޑިވިސް ޕޮލިޓެކްނިކް އަކީ ތަފާތު ދާއިރާތަކުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމާއި އެ ޒުވާނުންގެ ހުނަރުތައް އިޢާދަކުރުމަށް މަސައްކަތްކުރަމުން އަންނަ އިދާރާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ