
އަތޮޅުތެރޭގެ ހުނަރުވެރި މަސައްތަތްތެރިން ތިއްބެވީ، މިހުން ބިނާކުރުމަށް އެހީވެދިނުމަށް ތައްޔާރަށް - ޛޫޝާން
# ޕޮލިޓެކްނިކް--
ހަމައެކަނި މާލެ އިން ތަމްރީނު ފޯރުކޮއްދޭނެ ފަރާތްތަށް ހޯދުމުގެ ބަދަލުގައި، އަތޮޅުތެރޭގައި ތިއްބެވި ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވިސް ޕޮލިޓެކްނިކްގެ ސީއީއޯ، ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޛޫޝާން ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުކޮށް ބަލާހޯދު،މުން ރާއްޖެއަށް ބެނުންވާ އެކި ދާއިރާތަކުން ހުނަރުވެރިންނާއި ދިމާވާކަމަށެވެ. އަދި އެފަރާތްތައް ތިއްބެވީ އެދާއިރާތަކުން މީހުން ބިނާކުރުމަށް ޕޮލިޓެކްނިކާއި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށްކަމަށެވެ.
ސީއީއޯ،ޒޫޝާން ކަމާލުއްދީން ވިދާޅުވީ، މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް (އެމްއެންއެސްޑީއޭ) މެދުވެރިކޮށް، އަތޮޅުތެރޭގައި ތިއްބެވި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު، ޢިލްމީ ބޭފުޅުންނަށް ޤައުމީ ސަނަދު ހާޞިލުކޮށް، ނެޝެނަލް އެސެސަރުންގެ ގޮތުގައި ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް މަސައްކަތްކުރަމުންދާކަމަށެވެ.
ގުޅުންހުރި

ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކްއާއެކު އެއްބަސްވުމެއް!

ޕޮލިޓެކްނިކްގެ "އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025" ގއ.ވިލިނގިލީގައި ފަށައިފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ "އޯޕަން ޑޭ" މިއަދު ފަށަނީ





