
--
އެކި ލެވެލްގެ އެތަށް ކޯސްތަކަކާއިއެކު، މޯލްޑިވިސް ޕޮލިޓެކްނިކްގެ ޖެނުއަރީ 2025 އިންޓޭކްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.

އެއްވެސް ކޯސް ފީ އަކާއި ނުލައި މުޅިން ހިލޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕޮލިޓެކްނިކްގެ ކޯސްތަކަކީ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ނިކުތުމަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށް ފަރުމާކޮއްފައިވާ ކޯސްތަކެކެވެ.
އެގޮތުން، ޕޮލިޓެކްނިކުން ވަނީ އާޓިޓެކްޗަރ، އޮޓޯމޭޓިވް އިންޖީނިއަރިންގ، ސިވިލް އިންޖީނިއަރިންގ، އިލެކްޓްރިކަލް އިންޖީނިއަރިންގ، އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް، ޕްރޮގްރާމިންގ، ވެލްޑިންގ، ކޭކް ޑެކޮރޭޝަން، ޕޮޓޯގްރަފީ، ކާޕެންޓްރީ ނުވަތަ ވަޑާންކުރުން ފަދަ ދާއިރާތަކުން ތަމްރީނުވުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.
ސެޓްފިކެޓް އެކަކުން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަށް ހިމެނޭހެން ތަފާތު ދާއިރާތަކުން ހިލޭ ތަމްރީނުވުމަށް ހުޅުވާލެވިފައިވާ މި ކޯސްތަކަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 15 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހެވެ.
ޖެނުއަރީ އިންޓޭކް 2025ގެ ކޯސްތަކަށް ހުށަހެޅުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅޭނެއެވެ.
https://docs.google.com/forms/d/e/1FAIpQLSdc8tu_UnM5Tl7FIbQbLCb6OrJja7NenTn2_tntKQCx_4GPLw/viewform
ގުޅުންހުރި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީގެ އިސްވެރިން ޕޮލިޓެކްނިކަށް ޒިޔާރާތްކޮށްފި

ގަހަނާ ޑިޒައިން ކުރުމުގެ ކޯހެއް ޕޮލިޓެކްނިކުގައި: ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި!

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖޭގެ ޕޮލިޓެކްނިކަށް ރިހި މެޑަލް!
