logoEN
Sto top
ޕޮލިޓެކްނިކުން މިލަންދޫގައި ތަމްރީންތަށް ފެށުމަށް މަޝްވަރާކޮށްފި

ޕޮލިޓެކްނިކުން މިލަންދޫގައި ތަމްރީންތަށް ފެށުމަށް މަޝްވަރާކޮށްފި

އަލްފާ އަލީ

logo

10/27/2024, 6:22:25 AM

# ޕޮލިޓެކްނިކް

-

މޯލްޑިވިސް ޕޮލިޓެކްނިކާއި ށ.މިލަންދޫ ކައުންސިލާއި ދެމެދު އެ ރަށުގައި ޕޮލިޓެކްނިކްގެ ފަރާތުން ތަމްރީނު ޕްރޮގްރާމްތަށް ހިންގުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި، ށ.މިލަންދޫއަށް ނިސްބަތްވާ ރައްޔިތުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަށް ފަހިކޮއްދިނުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ޕޮލިޓެކްނިކް އަދި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) މެދުވެރިކޮށް، ނެޝަނަލް ޓްރޭޑް ޓެސްޓިންގ، ނެޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްތަކުގެ އިތުރުން ޒުވާނުންގެ ހުނަރު އިޢާދަކުރުމަށް އެތަށް ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމާއިމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެއެވެ.

ދިވެހިރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމުގެ މަސައްކަތަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާފައެވެ.

މި މަސައްކަތް ކާމިޔާބުކުރުމަށް މޯލްޑިވިސް ޕޮލިޓެކްނިކް އިން އަންނަނީ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ތަމާޢަތްތަކާއި ގުޅިގެން އެ ރަށްރަށުގައި ނެތެމުންދާ ފަންނުތަށް ދިރުވައި އަލާކުރުމަށް، ކަމާ ބެހޭ ތަޖްރިބާކާރުންނާއި އެކު ތަމްރީން ޕްރޮގްރާމްތަށް ހިންގައި، ފަންނުވެރި ޒުވާނުން ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC