logoEN
Sto top
އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމުން މިހާދު ވަކިކޮށްފި

އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމުން މިހާދު ވަކިކޮށްފި

އަހުމަދު ޝުރާއު

logo

8/21/2024, 4:26:21 PM

# އައިލެންޑް އޭވިއޭޝަން

--

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމުން މުހައްމަދު މިހާދު މަގާމުން ވަކި ކުރައްވައިފިއެވެ.

Wamco

މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ)ން ވިދާޅުވީ، މިހާދު އެ މަގާމުން މިއަދުން ފެށިގެން ވަކި ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާދުއަކީ މީގެ ކުރިން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައި ވެއެވެ.

މިހާދު މޯލްޑިވިއަންގެ ޗެެއާމަން ކަމަށް އައްޔަނުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

މި ބަދަލުގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ދެ ކުންފުންޏެއްގެ ބޯޑަށްވެސް ޕީސީބީއިން މިއަދު ވަނީ ބަދަލުގެނެސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC