
މޯލްޑިއަން އޭވިއޭޝަން އެކެޑަމީގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
# އައިލެންޑް އޭވިއޭޝަން# މޯލްޑިވިއަން# ދިވެހި ސިފައިންމޯލްޑިއަން އޭވިއޭޝަން އެކެޑަމީގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް
އައްޑޫ ސިޓީގައި ހުންނަ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ މުވައްޒަފުންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގައި މިއަދު ކުރިއަށްގެންދިއަ މި ސެޝަންގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.
އަދި މި ސެޝަންގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ މުވައްޒަފުންނަށް އުނގަންނައި ދެވިފައެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ 14 މުވައްޒަފުން ބައިވެރިވި މި ސެޝަންތައް ނަގައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
ގުޅުންހުރި

މާފަރުގައި އޭވިއޭޝަން މޫސުމީ ޚިދުމަތް ދިނުމަށް މެޓް އޮފީހާއި އައިލެންޑް އޭވިއޭޝަން ގުޅިގެން މަސައްކަތް ފަށައިފި

މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
.jpg&w=3840&q=75)
ހަމަ އަސްލަށްވެސް ދިވެހީންގެ އެއާލައިން: މޯލްޑިވިއަނުން 6,000 އަށްވުރެ ގިނަ ޙާޖީންނާއި ޢުމްރާވެރިން އުފުލައިދީފި




