logoEN
cocacola
މާލިއްޔަތާއި އިޤްތިޞާދާ ގުޅޭ ކަންކަމާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު ހަބަރު ނުފަތުރަން ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި

މާލިއްޔަތާއި އިޤްތިޞާދާ ގުޅޭ ކަންކަމާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ދޮގު ހަބަރު ނުފަތުރަން ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

8/21/2024, 3:30:42 PM

# ފިނޭންސް މިނިސްޓްރީ

--

ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދާ ގުޅޭ ކަންކަމާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ހަބަރު ނުފަތުރަން ފިނޭންސް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

ފިނޭންސް މިނިސްޓްރީން މިފަދައިން ބުނެފައިމިވަނީ މި މަހުގެ ތެރޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެދާނެކަމުގެ އިންޒާރު އެމްއެމްއޭއިން ދީފައިވަނިކޮށް ބޭނުންކުރެވޭ ޑޮލަރު ރިޒާވް މިއަދު ހުސްވެފައިވާ ކަމަށްބުނެ އަދަދު ނޫހުން މިއަދު ޝާއިއުކުރި "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" ހަބަރާއި ގުޅިގެން އެކްސްގައި މިއަދު އެމިނިސްޓްރީން ކުރި ޕޯސްޓެއްގައި އެވެ.

އެގޮތުން އެމިނިސްޓްރީން ބުނީ އަދަދު ނޫހުން ދައުލަތުގެ ރިޒާވް ޕޮޒިޝަނާ ގުޅޭގޮތުން މިއަދު ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތަކާ ޚިލާފު ޚަބަރެއް ކަމުގައި އެމް.އެމް.އޭ އިން ވަނީ އެ މިނިސްޓްރީއަށް ކަށަވަރުކޮށްދެއްވާފައިކަމަށާއި ޤައުމުގެ މާލިއްޔަތާއި އިޤްތިޞާދާ ގުޅޭ ކަންކަމާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

View post on Twitter

އެމްއެމްއޭއިން ވަނީ މިކަމާއި ގުޅިގެން މިއަދު ބަޔާނެއް ނެރެފައި އެވެ. ބަޔާނުގައި ބުނެފައިވަނީ ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންދާ ކަމަށާއި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކޮށް އެގޮތައް އެކަން ނުކުރުމަށް އެމްއެމްއޭއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ