logoEN
cocacola
ރިޒާވް ހުހެއް ނުވޭ, މި މަސް ނިމޭއިރު ރިޒާވް އިތުރުވާނެ - އެމްއެމްއޭ

ރިޒާވް ހުހެއް ނުވޭ, މި މަސް ނިމޭއިރު ރިޒާވް އިތުރުވާނެ - އެމްއެމްއޭ

އަހުމަދު ޝުރާއު

logo

8/21/2024, 3:17:03 PM

# އެމްއެމްއޭ

--

ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުސްވެފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކު, އެމްއެމްއޭއިން ބުނެއެވެ.

ގޮސިޔާ

އެމްއެމްއޭއިން މިފަދައިންބުނީ މި މަހުގެ ތެރޭގައި ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެދާނެކަމުގެ އިންޒާރު އެމްއެމްއޭއިން ދީފައިވަނިކޮށް ބޭނުންކުރެވޭ ޑޮލަރު ރިޒާވް މިއަދު ހުސްވެފައިވާ ކަމަށްބުނެ "އަދަދު" ނޫހުން ޝާއިރު ހަބަރަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!" ކަމަށްބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. އަދި ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް މަހުންމަހުން ބަރާބަރަށް ޝާއިއުކުރަމުންދާ ކަމަށާއި ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ޚަބަރުތައް ހަގީގަތާއި ޚިލާފަށް ގެނެސްދިނުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ފާހަގަކޮށް އެގޮތައް އެކަން ނުކުރުމަށް އެމްއެމްއޭއިންވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ