logoEN
cocacola
ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ, 444 މިލިއަން ޑޮލަރު އެބަހުރި!

ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ, 444 މިލިއަން ޑޮލަރު އެބަހުރި!

އަހުމަދު ޝުރާއު

logo

9/8/2024, 8:19:17 AM

# އެމްއެމްއޭ

--

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން މަރުކަޒީ ބޭންކު, އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގޮސިޔާ

އެމްއެމްއޭ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި މަހު 395.4 މިލިއަން ޑޮލަރުގައި ހުރި ޖުމްލަ ރިޒާވް އޮގަސްޓް މަސް ނިމުނުއިރު ވަނީ 444 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ 23.6 އިންސައްތައިގެ އިތުރުވުމެވެ.

ޖުލައި މަހު ޔޫސަބަލް ރިޒާވުގެ ގޮތުގައި ހުރީ 45 މިލިއަން ޑޮލަރު ހުރި އިރު އޮގަސްޓު މަސް ނިމުނު އިރު ޔޫސަބަލް ރިޒާވްގައި ހުރި އަދަދުވެސް ވަނީ އިތުރުވެފައިއެވެ. އެގޮތުން ޔޫސަބަލް ރިޒާވަށް މިދިޔަ މަހު 49 މިލިއަން ޑޮލަރު އިތުރުވެފައިވާއިރު މިދިޔަ މަހު ބޭނުންކުރި އަދަދަށްވެސް ކެނޑުމަށްފަހު މިހާރު ޔޫސަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.

ޖުމްލަ ރިޒާވް އިތުރުވީ ނަމަވެސް މި އަދަދަކީ އަދިވެސް އެއް މަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާއެެވެ.

އަހަރު ފެށުނު އިރު ރިޒާވްގައި 551 މިލިއަން ޑޮލަރު ހުއްޓެވެ. އަހަރުގެ ތެރޭގައި ފަތުރުވެރިކަންވެސް އެނެމް ރަނގަޅުވެ ރިޒާވް އެންމެ ރަނގަަޅަށް ހުރީ މިދިޔަ އެޕްރީލް މަހުގައެވެ. އެ މަހު 622 މިލިއަން ޑޮލަރު ހުރިއިރު މި އަހަރު ރިޒާވް އެންމެ މަދުވެފައިވަނީ ޖުލައި މަހު، 395 މިލިއަން ޑޮލަރަށެވެ. ރިޒާވް ދަށްވެފައިވަނީ އާމްދަނީ ލިބޭ ދާއިރާތައް ކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.

މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމަށްވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ