logoEN
cocacola
ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެގާނޫނު  އެކުލަވާލުމުގެ މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ބައްދަލުކޮށްފި

ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް އެގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ބައްދަލުކޮށްފި

އަހުމަދު ޝުރާއު

logo

8/20/2024, 2:59:32 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

--

ލާމަރުކަޒީ ގާނޫނު އެކުލަވާ ލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ގޮސިޔާ

އެމަނިކުފާނުގެ މިބައްދަލުކުރެއް ވުމަކީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ކަމަށް އެވުޒާރާއިން ބުނެއެވެ.

މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ މިމަސައްކަތް މީގެ ކުރިން ކޮށްދެއްވި ބޭފުޅުން އެކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އަދި ވަޒީރުވަނީ އެފަދަ މަސަައްކަތަތކެއް ކޮށްދެއްވުމަށް މިހާރުވެސް އެބޭފުޅުން ތައްޔރަށް ތިއްބެވިކަން ފާހަގަކުރަައްވައި އެފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ހާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަދި ވަރަށް ބޮޑު އުއްމީދެއް އާވެގެން ދިޔަކަމެއް ތިޔަ ހުރިހާ ބޭފުޅުންނަކީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތަޖްރިބާއާއި ދަސްކުރެއްވި ކަންތައްތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ބޭފުޅުން ތަކެއްކަން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ކުރީގެ ސިޓީ ކައުންސިލް މޭޔަރު ފާހަގަކުރެއްވެވީ ވަރަށް ހަރުދަނާ ބޭފޫޅުންތަކެއް ކަމަށް ތިޔަ ބޭފުޅުންނަކީ " މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ މިމަޝްވަރާ ބައްދަލުވުމުގައި ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ގެނައުމުގެ ކުރިން މިފަދަ މަސައްކަތް ތައް މީގެކުރިން ކުރެއްވެވި އެފަދަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އާއި ތަޖުރިބާ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެފަދަ ބޭފުޅުންގެ ލަފާ ވަރަށް މުހިންމުވާނެ ކަން ވެސް މިނިސްޓަރ ފާހަގކުރެއްވުމަށް ފަހު ވިދާޅުވީ ކުރިއަށް އޮތްތާގައި އެބޭފުޅުންނާއި އެކު އިތުރުމަޝްވަރާ ބައްދަކުވުމެއް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ