logoEN
cocacola
ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެ - އަބްދުއްރަހީމް

ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެ - އަބްދުއްރަހީމް

އަހުމަދު ޝުރާއު

logo

8/20/2024, 2:04:56 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

ގޮސިޔާ

މި ރަސްމިއްޔާތު ފެށުމުގެ ކުރިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައި.ޕީ.ޔޫ.ގެ ރައީސާއި ޗައިނާގެ ޤާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަންއާއެކު ޚާއްޞަ ބައްދަލުވެއް ބޭއްވެވިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ވަން ޗައިނާ ސިޔާސަތަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު އަބަދުވެސް ތާއީދުކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި ޗައިނާއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފު ކުރައްވަމުން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން މުޅި ދުނިޔޭގައި ޤާއިމްކުރަމުންދާ ސުލްޙަވެރިކަމާއި، އަމަންއަމާންކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. މީގެ އިތުރުން ޗައިނާގެ ޤާނޫނުހަދާ މަޖިލިސް އައި.ޕީ.ޔޫ. އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަމުން މަޖިލީހުގެ ރައިސް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ބަރުލަމާނީ އެއްބާރުލުމާއި މަޝްވަރާއަށް ޗައިނާއިން ޒަމާނުއްސުރެ ވަޢުދުވެފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ.

"ރާއްޖެއަކީ ޗައިނާއާއެކު ގާތް އެކުވެރިކަން އޮތް ޤައުމެއް، ސިޔާސީ ގުޅުން 1972 ވަނަ އަހަރު އުފެދި، މިދިޔަ އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް ޗައިނީސް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އަޅުގަނޑުމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ފުޅާވެފައިވޭ. ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުން ފަދަ ޕްރޮޖްޓްތަކަކީ އަޅުގަނޑުމެންގެ ކާމިޔާބު އެއްބާރުލުމުގެ ސާފު މިސާލުތަކެއް." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާ ކަމަށާއި، މިއަދު ރާއްޖެއިން ޗައިނާއާއެކު ‘ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަރޝިޕް’ އެއް ދަމަހައްޓައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަމާޒު ހިފާފައިކަމަށް ވިދާޅުވިއެވެ.

މިމަހުގެ 18 އިން 23 އަށް ޗައިނާގެ ބެއިޖިންގ ގައި ކުރިއަށްދާ އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނަރގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސް އާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވާފައެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއާއި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއާއި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލްގެ އިތުރުން މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ