logoEN
cocacola
ދިރާގުން އުފެއްދި ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް ދީފި

ދިރާގުން އުފެއްދި ފިންޓެކް ކުންފުންޏަށް އެމްއެމްއޭއިން ލައިސެންސް ދީފި

އަހުމަދު ޝުރާއު

logo

8/20/2024, 1:45:28 PM

# އެމްއެމްއޭ

--

ފިންޓެކް ހިދުމަތްތައް ދިނުމަށްޓަކައި ދިރާގުން އުފެއްދި ސަބްސިޑަރީ ކުންފުނި ކަމަށްވާ ދިރާގު ފިންޓެކް ކޮމްޕެނީއަށް ރާއްޖޭގެ މައި ބޭންކު, އެމްއެމްއޭއިން ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި އެވެ.

ގޮސިޔާ

އެމްއެމްއޭއިން މިއަދު ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.

މި ލައިސަންސް ދިނުމާ ގުޅިގެން، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އިން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެމްްއެމްއޭއިން ބުނެއެވެ.

ދިރާގުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދެމުން އަންނަނީ ދިރާގުޕޭގެ ނަމުގައި އުފައްދާފައިވާ ޑިޖިޓަލް ވޮލެޓެއްގެ ޒަރިއްޔާއިންނެވެ.

View post on Twitter

ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ދިރާގުގެ ލީގަލް އަދި ބޯޑް ޑިރެކްޓަރު ހަޒްރަތު ރަޝީދު ހުސެއިން އާއި ދިރާގުގެެ މައި ކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ