
--
ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނޯމަލައިޒިން ކޮމެޓީ އެކުލަވާލައިފި އެވެ.

އެފްއޭމްއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ފީފާ އިން ވަނީ އެފްއޭއެމް ނޯމަލައިޒްކުރަން ނިންމި ނިންމުމާއި އެކު އިއްޔެ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެގޮތުން ކޮމެޓީގައި ޗެއާމަންއާއި އެކު ޖުމުލަ 5 މެމްބަރުން ތިއްބަވައެވެ. މި ކޮމެޓީގެ ޗެއާމަންއަކަށް އައްޔަނުކޮށްފައިވަނީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.
މި ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސައިމަން އަދި އަހްމަދު އަލީ އެވެ.
ނޯމަލައިޒިން ކޮމިޓީގެ މަސްއޫލިއްޔަތުތައް:
- އެފްއޭއެމް އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތް ކުރުން.
- އެފްއޭއެމްގެ އަސާސީ ގަވާއިދު އަދި އިލެކްޓޯރަލް ކޯޑް ފީފާގެ ސްޓެޓިއުޓްސް އާއި އެއްގޮތަށް މުރާޖާކޮށް، އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން.
- އެފްއޭއެމްގެ އިސްވެރިންނާއި އެހެނިހެން ފަރާތްތައް ގުޅިގެން ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާނަމަ، އެ ފައިސާ ހޯދުމަށް ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރުން.
- ފީފާ އިން އައްޔަންކޮށްފައިވާ އެކްސްޓާނަލް ފައިނޭންޝިއަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ޕްލޭނެއް ހެދުން.
- ފީފާގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންތައްތައް ތަންފީޒުކުރަން ފެށުން.
- އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީއެއް އިންތިހާބު، އާ ގާނޫނީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށް އިންތިޒާމްކޮށް، ކުރިއަށް ގެންދިއުން.
ފީފާ އިން އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ މުއްދަތު ކަނޑައަޅާފައި އޮތީ، އަންނަ އަހަރުގެ ޖުލައި 31 އަށެވެ. އެކަމަކު، އެ މުއްދަތަށް ކުރަން ހުރި ކަންކަން ނުނިމިއްޖެނަމަ، މުއްދަތު އިތުރުކޮށްދޭނެ އެވެ.
ގުޅުންހުރި

އެފްއޭއެމް ރައީސް ކަމަށް ތޯރިގު އަދި ނައިބް ރައީސުންގެ ގޮތުގައި މުޖޭ އަދި ޝާފިއު

އިންޑިޔާ އަތުން ބަލިވި ނަމަވެސް ދިވެހި ޒުވާން ޓީމުގެ ފަރާތުން ފެނުނީ އުންމީދީ ކުޅުމެއް

ބޫޓާން ކަޓުވާލުމަށްފަހު ދިވެހި ޒުވާން ޓީމު ސެމީފައިނަލުން ޖާގަ ހޯދައިފި
