logoEN
cocacola
ސިސިލީ ގެ އައްސޭރިފަށަށް ލަގްޒަރީ ސުޕަޔޮޓެއް ބަންޑުން ޖަހާލައި އެކަކު މަރުވެ ހަ މީހަކު ގެއްލިއްޖެ

ސިސިލީ ގެ އައްސޭރިފަށަށް ލަގްޒަރީ ސުޕަޔޮޓެއް ބަންޑުން ޖަހާލައި އެކަކު މަރުވެ ހަ މީހަކު ގެއްލިއްޖެ

އަހުމަދު ޝުރާއު

logo

8/19/2024, 5:59:24 PM

# އިޓަލީ

--

22 މީހުންނާއެކު ދަތުރުކުރި ލަގްޒަރީ ސުޕަޔޮޓެއް އިޓަލީގެ ސިސިލިއަން އައްސޭރިފަށް ކައިރިން ބަންޑުންޖަހާލައި އެކަކު މަރުވެ ހަ މީހަކު ގެއްލިފައިވާ ކަމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ގޮސިޔާ

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ މަހުޖަނެއް ކަމަށްވާ މައިކް ލިންޗާއި އޭނާގެ އަންހެން ދަރިފުޅު ހަނާ ލިންޗާއި އޭނާގެ ވަކީލާއި އިތުރު ހަތަރު މީހަކު ހިމެނޭ ކަމަށް އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. ލިންޗްގެ އަންހެނުން އެންޖެލާ ބަކެރެސް އާއި އިތުރު 14 މީހަކު ވަނީ ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ ހެޔޮހާލުގައި ސަލާމާތްކޮށްފަ އެވެ.

އިޓަލީގެ ކޯސްޓްގާޑާއި ރެސްކިއު އޮފިޝަލުން ބުނާގޮތުގައި މިހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:00 އެހާކަންހާއިރު އައި ކޮޅިގަނޑެއްގައި ވައިގަދަވުމުގެ ސަބަބުންނެވެ.

ކޯސްޓްގާޑުގެ ތަރުޖަމާނު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ގާތްގަނޑަކަށް 50 މީޓަރު އަޑިން ބޯޓު ބަންޑުންޖަހާލި ކަމަށް ބެލެވޭ ހިސާބުން ކަމަށެވެ. އިޓަލީގެ މީޑިއާތަކުން ބުނި ގޮތުގައި އެ މީހާއަކީ ފިރިހެނެއް ކަމަށާއި އެއީ ޔޮޓްގެ އޮންބޯޑް ޝެފެވެ.

ބޯޓު ބަންޑުންޖަހާލި އިރު ބޯޓުގައި 12 ފަސިންޖަރުންނާއި 10 ފަޅުވެރިން ތިއްބެވެ. ގެއްލުނު މީހުންނަކީ އިނގިރޭސި ވިލާތާއި އެމެރިކާ އަދި ކެނެޑާއަށް ނިސްބަތްވާ މީހުން ކަމަށް ކޯސްޓްގާޑުން ބުނެއެވެ.

ސަލާމަތްކުރި މީހުންގެ ތެރޭގައި އެއް އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމަ ވެސް ހިމެނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ