logoEN
cocacola
ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން 8 ލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާ - އެންޑީއެމްއޭ

ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުން 8 ލައްކަ ރުފިޔާއަށްވުރެ މައްޗަށް އަރާ - އެންޑީއެމްއޭ

އަހުމަދު ޝުރާއު

logo

8/19/2024, 12:55:10 PM

# އެންޑީއެމްއޭ

--

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލިބުނި ގެއްލުންތަކާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން 70 އަށްވުރެ ގިނަ ގެޔަށް ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓު އޮތޯރިޓީއިން ބުނެފި އެވެ.

ގޮސިޔާ

އެންޑީއެމްއޭއިން މިއަދު ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި 3 ރަށެއްގެ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާކަން އެއިދާރާއިން ވަނީ ބުނެފައި އެވެ.

އެންޑީއެމްއޭއިން ބުނީ މިހާރު ކުރެވެމުންދަނީ މިފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން މިވިއްސާރާގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަންޖެހޭކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ވަނީ ހަދާނިމިފައި ކަމަށާއި 4 ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް އެންގި ކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން މާލެއިން ގެއްލުން ލިބުނު ގެތަކުން އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް -/819،549ރ ގެ ގެއްލުން ލިވިފައިވާ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރާގައި ފާއިތުވި ހަފްތާގައި ރާއްޖެއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައިވާއިރު އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ އުތުރުގެ އަތޮޅުތަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ