
ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ސައުދީއަށް, އަރިހުގައި އެމްއެމްއޭގެ އައު ގަވަރުނަރުވެސް ވަޑައިގަންނަވާ!
# ފޮރިން މިނިސްޓަރ މޫސާ ޒަމީރު# ރާއްޖެ - ސައުދީ--
ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލްސަޢުދުގެ ދަޢުވަތަކަށް، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޒަމީރުގެ މި ދަތުރުފުޅުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ޚާއްސަ ސިޓީފުޅެއް އަރުއްވާނެ ކަމަށެވެ.
މިމަހުގެ 18 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު އާއި އެމްބެސެޑަރ އެޓް ލާޖް އަހުމަދު ނަސީރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ބޮޑުރާ ސައީދާއި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ބައްލަވާލައްވައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަކީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުމަށް 43 އަހަރު ފުރޭ އަހަރެވެ.
މީގެ އިތުރުން މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާސަރުކާރުގެ އިސް ޢިއްޒަތްތެރިންނާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިނިސްޓަރު ޒަމީރު ވެރިރަށް ރިޔާދުގައި ދިރިއުޅޭ ދިވެހީންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ގުޅުންހުރި

މިނިސްޓަރު ހަލީލް, ސައުދީގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

ރާއްޖޭގައި ސަޢޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ސައުދީއާއި ރާއްޖެއާއި ދެމެދު ޙައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
