logoEN
cocacola
ފެނަކައިގެ ޗެއާޕާސަންއަކަށް ޝިމާދު އައްޔަނުކޮށްފި

ފެނަކައިގެ ޗެއާޕާސަންއަކަށް ޝިމާދު އައްޔަނުކޮށްފި

އަހުމަދު ޝުރާއު

logo

9/15/2024, 6:44:26 AM

# ފެނަކަ ކޯޕަރޭޝަން# އެސްޓީއޯ

--

ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަންއަކަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ހަމަޖައްސައިފި އެވެ.

ގޮސިޔާ

އެސްޓީއޯގެ ޗެއާޕާސަންއަކަށް ޝިމާދު ހަމަޖެއްސިކަން ފެނަކައިންވެސް މިއަދު ވަނީ ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އެކުންފުނީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ޝިމާދުއަށް މަރުހަބާ ދަންނަވާފައި އެވެ.

ޕީސީބީިން ވަނީ ޝިމާދުގެ އިތުރުން ފެނަކައިގެ ބޯޑްގެ ޑިރެކްޓަރުންނަށް މުހައްމަދު މާޒިން އާއި މުހައްމަދު ނިޒާމު އައްޔަންކޮށްފަ އެވެ. މި ފަރާތްތަކުގެ ތެރެއިން މުހައްމަދު ނިޒާމު އަކީ އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އެވެ.

ޝިމާދު ފެނަކައިގެ ޗެއާމަނަކަށް އައްޔަނުކޮށް އެސްޓީއޯގެ ސީއެފްއޯ ބޯޑުގެ ޑިރެކްޓަރަކަށް އައްޔަނުކުރި އިރު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހިންގުމަށްޓަކައި އަންނަނީ ތައްޔާރު ވަމުންނެވެ.

އެންމެ ފަހުން ފެނަކައިިގެ ޗެއާމަނަކަށް ހުންނެވީ ކުރިން އެސްޓީއޯގެ އެމްޑީގެ މަގާމު ވެސް ފުރުއްވި އަހުމަދު ޝަހީރެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އޭނަ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ