
އިމާރާތްކުރުމުގެ ޤަވައިދާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަންތަކެއް މާދަމާ ފަށަނީ
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
އިމާރާތްކުރުމުގެ ޤަވައިދާ ގުޅޭގޮތުން ހޭލުންތެރިކަމުގެސެޝަންތަކެއް ފެށުމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އެވުޒާރާއިން ބުނީ އިމާރާތްކުރުމާއި ބިނާރާއާ ބެހޭ ވުޒާރާގެ ފަރާތުން މި މަހުގެ 19 ވަނަ ދުވަހު އޮންލައިންކޮށް ރެޖިސްޓަރވުމަށް ހުޅުވާލައިގެން އިމާރާތްކުރުމުގެ ޤާނޫނާއި ޤަވައިދާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ސެޝަންތަކެއް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެގޮތުން މާދަމާ ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވާ ފުރަތަމަ ސެޝަންގައި އިމާރާތްކުރުމުގެ ޤާނޫނުގެ މައިގަނޑު ކަންތައްތަކާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ޤާނޫނާއި ޤަވައިދުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާއި އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުންވެސް މަޢުލޫމާތު ދެވޭނެ ކަމަށްވެސް އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން ބުނެއެވެ,
މި ސެޝަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ޤަވައިދުތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ޤާނޫނާއި ޤަވައިދާ އެއްގޮތަށްތޯ ދެނެގަތުމަށް މަގުފަހިވެގެންދިއުން ކަމަށް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި ސެޕްޓެންބަރު މަހުގެ ނިޔަލަށް އެކި މައުލޫތަކަށް ޚާއްސަކޮށްގެން މިސެޝަންތަށް ކުރިއަށްދާނެކަންވެސް ވަނީ ހަމަކޮށްފައި އެވެ.
ގުޅުންހުރި

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

ޒަމާންތަކަކަށްފަހު ރަސްފަންނު މަރާމާތްކޮށް އާންމުންނަށް އަލުން ހުޅުވާލައިފި

ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުންދާ ހިދުމަތްތައް މެދުކެނޑިއްޖެ
