
ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުންދާ ހިދުމަތްތައް މެދުކެނޑިއްޖެ
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
މިއަދު ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލިފާނުގެ ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ވަގުތީގޮތުން ހިދުތަތްތައް މެދުކަނޑާލި ނަމަވެސް އަލުން މިނިސްޓްރީގެ ހިދުމަތްތައް ދޭން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ހާދިސާގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
މިނިސްޓްރީގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދޭ ކަމަށާއި ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފެށީ މިއަދު ހެނދުނު 6:27 ހާއިރު އެވެ. ސިފައިން ދާދި ދެންމެ އަކު ބުނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިމާރާތުގައި ރޯވެފައިވާ އަލިފާނުގެ %90 މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވި އިމާރާތްތަކަށް ބޮޑެތު ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.
ގުޅުންހުރި

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށްފި

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިއްޖެ

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ގޮންޖެހުންތަކާ ގުޅޭގޮތުން އެމް.އެން.އޭ.ސީ.އައި އާއެކު މަޝްވަރާކޮށްފި
