
ޒަމާންތަކަކަށްފަހު ރަސްފަންނު މަރާމާތްކޮށް އާންމުންނަށް އަލުން ހުޅުވާލައިފި
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރި ރަސްފަންނު ގިނަ ދުވަސްތަކަކަށްފަހު މަރާމާތް ކުރުމަށްފަހުގައި އާންމުންނަށް އަލުން ހުޅުވާލައިފި އެވެ.

ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ ރަސްފަންނު މަރާމާތުކުރުމުގެ ދަށުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބީޗުން ގިރައިގެން ގޮސްފައިވާ ސަރަޙައްދުތަކަށް ވެލި އަޅައި އެއްވަރުކުރުމާއި މޫދަށް ފައިބާ ސަރަޙައްދަށް ޖަމާވެފައިވާ ޗަކަ ނެގުމާއި ބީޗުގެ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ޝަވަރ އޭރިއާތަކާއި ހަލާކުވެފައިވާ ހަޓްތަކާއި ޖޯލިތަކުގެ އިތުރުން ބާބަކިއު ސްޓޭންޑްތަށް ވެސް މަރާމަތުކޮށްފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.
މި ހަފުތާއިން ފެށިގެން ރަސްފަންނު ސަރަޙައްދު ޢާންމުންނަށް ހުޅުވާލާފައިވާކަން ފާހަގަކޮށް އެވުޒާރާއިން ބުނީ އަދި ރަސްފަންނު ސަރަޙައްދުގައި މިހާރަށް ބޭނުންވާ ވަގުތީ މަރާމާތުތަކަށްފަހު އިތުރު މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް ރާވާފައިވާ ކަމަށެވެ.
މި މަސައްކަތްތައް ނިމުމާއި ގުޅިގެން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްފަންނު ސަރަޙައްދު ބައްލަވާލެއްވުމަށް މިއަދު ވަނީ އެތަނަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގައި މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބް އަދި މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވަނީބައިވެރިވެވަޑައިގަންނަވާފައެވެ.
ރަސްފަންނު މަރާމާތްކުރުމަށް ބަންދުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.އެގޮތުން މި މަސައްކަތްތައް ބިނާރާ ބެހޭ ވުޒާރާގެ ޚާއްސަ ބެލުމުގެދަށުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް, އެމް.ޓީ.ސީ.ސީ, ވެމްކޯ, އާރް.ޑީ.ސީ, އެމް.އެން.ޑީ.އެފް, އެޗް.ޑީ.ސީ, އަދި އެމް.ޑަބްލިއު.އެސް.ސީ ގެ އެހީތެރިކަމާއެކުގައެވެ.
ގުޅުންހުރި

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ %53.5 ނިމިފައި!

ޒަމާންތަކަކަށްފަހު ރަސްފަންނު މަރާމާތްކޮށް އާންމުންނަށް އަލުން ހުޅުވާލައިފި

ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުންދާ ހިދުމަތްތައް މެދުކެނޑިއްޖެ
