
ޗައިނާގެ އެހީގެ ދަށުން ޤާއިމުކުރެވުނު ލޮނުފެން މީރުކުރާ ނިޒާމު އިވެލުއޭޓްކުރުމަށް އެގައުމުގެ ވަފުދެއް ރާއްޖޭގައި!
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
ޗައިނާގެ އެހީގެ ދަށުން ޤާއިމުކުރެވުނު ލޮނުފެން މީރުކުރާ ނިޒާމު އިވެލުއޭޓްކުރުމަށް ވަޑައިގަތް ޗައިނާގެ މާހިރުންގެ ޓީމާއެކު މިނިސްޓްރީން ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީއިން މިއަދު ހާމަކުރި ގޮތުގައި، ޗައިނާގެ އެހީގައި ޤާއިމުކުރެވުނު މައިކްރޯ-ގްރިޑް ލޮނުފެން މީރުކުރާ ނިޒާމުގެ އިވެލުއޭޝަން މަސައްކަތްވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ.
މި މަޝްރޫޢުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށް ގެންދިޔައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 އިން 5 އަށެވެ. މި މުއްދަތުގެ ތެރޭގައި، ޗައިނާގެ މާހިރުންގެ ވަފުދެއް ކ. ކާށިދޫ އަދި ހއ. ކެލާގައި ޤާއިމުކުރެވިފައިވާ ލޮނުފެން މީރުކުރާ ޕްލާންޓްތަކަށް ޒިޔާރަތްކޮށް، އެ ޕްލާންޓްތަކުގެ ހާލަތާއި މަސައްކަތްކުރާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.
މިބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއާމް މުޙައްމަދާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމެވެ. އަދި ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޤައުމުގެ މާހިރުންގެ ވަފުދެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ސާފު ބޯފެން ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް މިނިސްޓްރީއިން އުއްމީދު ކުރައްވައެވެ.
ގުޅުންހުރި

ރައީސް އިއުލާނުކުރެއްވި ގޮތަށް ގޯތި ލިބޭ އިތުރު 2 ކެޓަގަރީގެ އުސޫލު ރޯދައިގެ ކުރީން އާންމުކޮށް އަންނަ މަހު ކުރީކޮޅު ކުރިމަތިލާން ހުޅުވާލަނީ

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށްފި

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިއްޖެ

.gif&w=3840&q=75)



